ads
އީ ވިސާ ތައާރަފުކޮށް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އީ ވިސާ ތައާރަފުކޮށް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި
މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފިއެވެ.
Advertisement

މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން (އެމްއައިއެޕް) އާއި "އީ-ވިސާ" ވަނީ ތައާރަފްކޮށްފައެވެ. އީ ވީސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

އީ ވީސާ ހިދުމަތާއިއެކު ފިޒިކަލް ޕާސްޕޯޓް ހިފައިގެން ވިސާ ޖަހަން އިމިގްރޭޝަަނަށް ދާން އުފުލި ބުރައަށް ނިމުން އަންނާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމްގްރޭޝަނުން މިއަދު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން (އެމްއައިއެޕް) ވެސް ތައާރަފުކޮށްފައެވެ. މި ހިދުމަތް ފައްޓަވާދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހުއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މޯލްޑިވްސް އިމގްރޭޝަނުންދޭ ހިދުމަތްތައް އޮންލައިންކޮށް ލިބިގެންދާބެއެވެ. 

your imageކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހު

މީގެ އިތުރުން މިއަދު ވަނީ ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކާ" ގެ ނަމުގައިވެސް އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

"އެމްއައި އައިޑީ ޗެކާ އެޕްލިކޭޝަނަކީ އިމިގްރޭޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންނަށް، އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކަށް، ވަކިން ހާއްސަކޮށް، ލޭބާ ރިލޭޝަންސް އޮތޯރިޓީ ފަދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ތަންނަތަނަށްވެސް މީގެ އެކްސެސް ދެވިގެން ދާނެ އެޕްލިކެޝަނެއްކަމަށް މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވުމަށްފަހު ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވިއެވެ. 

your imageހޯމް މިނިސްޓަރު އަލީ އިހްސާން

މި އެޕްލިކޭޝަން ތައާރަފުވުމުން ރަށްރަށުގައި ތިބޭ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިކަންވެސް ހައްލުވެގެންދާނެކަމަށް އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް