ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ނޫނީ ޑީއެންއޭ މައުލޫމާތު އެއްކުރުމުމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

Advertisement
ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖެނެޓިކް މައުލޫމާތު ނޫނީ ޑީއެންއޭ މައުލޫމާތު އެއްކުރުމުމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ނާޒިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުށްކުރުވުން ހުއްޓުުވުމަށް މިކަން ކުރުން މުހިންމު ކަމަށާއި، އޭގެ ސަބަބުން ކުށްކުރާ މީހުން ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ޤާނޫނަށް ތަބާވާ ރައްޔިތުންނާއި އެމީހުންގެ މުދާ ހިމާޔަތް ކޮށް މުޅި ޤައުމު އެންމެނަށް ސަލާމަތްތެރި ތަނަކަށް ހަދަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ޑްރައިވަރު ގާސިމް ހަސަން މަރާލުމަށް ބޭނުންކުރި ހަތިޔާރާއި، ގާސިމްގެ މަރާ ގުޅުންހުރި އެހެނިހެން ހެކިތައް ފުލުހުން ހޯދިތާ 10 ދުވަސް ފާއިތުވެގެން ދިޔައިރުގައިވެސް ފުލުހުންނަށް އެ މައްސަލައިގައި ޑީއެންއޭ ދިމާވާ މީހަކު ހޯދިފައި ނުވާތީ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަދި ފުލުހުން ހޯދި ޑީއެންއޭ މައުލޫމާތު، ފުލުހުން އަތުގައި ހުރި އެއްވެސް ޑީއެންއޭ ޑޭޓާބޭސް އަކާއި ދިމާނުވާތީ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ޑީއެންއޭ ފުލުހުންނަށް ހޯދުނުކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގައި ހުރި ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖުން ގާސިމްގެ ޓެކްސީ ދެނެގަނެވިފައިވާ ކަމަ ށެވެ.
އަދި މައްސަލައާއި ގުޅިގެން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި ގާސިމްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހޯދާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް އެ މައްސލައިގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅެއް އެޅިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އދ. މާމިގިއްޔަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ރީތިގަސް މަގުގަ އެވެ.