މި ޕަމްޕުތަކަކީ ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރަށް ލިބުނު މުހިންމު އެހީއެކެވެ.
މި އެހީ ސަރުކާރާ ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ސީއެމްއީސީގެ ފަރާތުން މި ޕަމްޕުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިއައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫނެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މި ހަ ޕަމްޕު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ސީއެމްއީސީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.