ads
ބްރެޑް ޕިޓް އާއި އޭނާގެ ކުރީގެ އަނބިމީހާ އެންޖެލީނާ ޖޮލީ
ފްރާންސްގެ ވައިނަރީގެ މައްސަލާގައި ޕިޓާއި ޖޮލީގެ ހަމަނުޖެހުން އިތުރަށް ގޯސްވެއްޖެ
އެމެރިކާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްރެޑް ޕިޓް އާއި އޭނާގެ ކުރީގެ އަނބިމީހާ އެންޖެލީނާ ޖޮލީގެ، ފްރާންސްގައި ހުންނަ އެމީހުންގެ ވައިނަރީ، ޝަޓޯ މިރާވަލްގެ މައްސަލާގައި ދެމެދުގައި ހިނގަމުން އަންނަ ގާނޫނީ ހަނގުރާމަ އިތުރަށް ގޯސްވެއްޖެއެވެ.
Advertisement

މިކަން އިތުރަށް ގޯސްވެފައިވަނީ ޖޮލީގެ އަމިއްލަ އީމެއިލްތަކެއް އާންމުކުރުމަށް ޕިޓްގެ ފަރާތުން ކޯޓުގައި އެދުމުންނެވެ.

ޔޫއެސްއޭ ޓުޑޭ އިން ހާމަކޮށްފައިވާ ގޮތުގައި، ޕިޓްގެ ވަކީލުންގެ ޓީމުން ވަނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް ހެކީގެ ގޮތުގައި އިތުރު ލިޔުންތަކެއް ހުށަހަޅާފައެވެ. މި ލިޔުންތައް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، 2021 ވަނަ އަހަރު ޝަޓޯ މިރާވަލް ވައިނަރީގައި ޖޮލީއަށް ލިބޭ ހިއްސާ ވިއްކާލުމުގައި އޭނާ ގެންގުޅުނު ގާނޫނީ އާ ގުޅޭ އީމެއިލްތައް ހޯދުމެވެ.

ޕިޓް އާއި ޖޮލީގެ މި ގާނޫނީ ދެބަސްވުން ފެށިގެން އައިސްފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. މައްސަލައިގެ އަސްލަކީ ޖޮލީ އޭނާގެ ހިއްސާތައް ވިއްކާލުމުން ޕިޓް އެކަމާ ހިތްހަމަނުޖެހުމެވެ. އުމުރުން 61 އަހަރުގެ ޕިޓްގެ ޓީމުން މިހާރު މި އެދެމުން ދަނީ ޖޮލީގެ އަމިއްލަ މުއާމަލާތްތައް ހާމަކޮށް، އޭނާގެ މައްޗަށް ގާނޫނީ ގޮތުން ކުރި ހޯދުމަށް މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް