ads
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ބައްލަވައިލެއްވުން
ހުޅުމާލެ 3: 24 ހެކްޓަރުގެ ބިން ހިއްކައިފި
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދާކަމަށް ސަރުކަރުން ހާމަކޮށްފިއެވެ.
Advertisement

އެގޮތުން، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 24 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެވެ. މި ބިޔަ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސްގެ 22،000 ސީބީއެމްގެ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. މިއީ ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ގާތުން ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް