މިދިޔަ މަހު އޭނާގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފައި ވެއެވެ.
އުމުރުން 68 އަހަރުގެ ވެސްޓްވުޑްގެ މައްޗަށް ރޭޕްގެ ދައުވާގެ އިތުރުން، ހުތުރު އެމަލު ހިންގުމުގެ ނުވަ ދައުވާއަކާއި ޖިންސީ ގޯނާގެ ދެ ދައުވާއެއްވެސް ވަނީ އުފުލާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ހަތް އަނހެނަކާ ގުޅޭގޮތުންނެވެ. އެއީ 1983 އިން 2016 އާ ދެމެދު ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހާދިސާތަކެކެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނާ މީހުންގެ ތެރޭގައި 17 އަހަރުގެ ކުޑަ އަންހެން ކުދިން ވެސް ހިމެނެއެވެ. އަދި 1990ގެ އަހަރުތަކުގައި ބީބީސީގެ ސްޓޫޑިއޯތަކުގެ ތެރޭގައި ހުތުރު އެމަލު ހިންގިކަމުގެ ތިން ތުހުމަތެއް ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވެސްޓްވުޑް ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭނާ އަދި ދައުވާއަށް އިއުތިރާފު ވުމަށް އެދިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ މިފަދަ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.