ads
ޖެނާ އަދި އެލަން
ކްރިސް ޖެނާގެ ނިދާފައި އޮތް ވީޑިއޯއެއް އެލެން އާންމުކޮށްފި
އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް، އެލެން ޑިޖެނެރެސް، އޭނާގެ ގާތް ރަހުމަތްތެރިޔާ ކްރިސް ޖެނާގެ އުފަންދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއް ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
Advertisement

މި ވީޑިއޯއިން ފެންނަނީ، ކްރިސް ޖެނާ ސޯފާއެއްގައި އަރާމުކޮށްލައިގެން ނިދާފައި އޮންނަ މަންޒަރެވެ.

މި ވީޑިއޯގައި، ކްރިސް ޖެނާ ފެންނަނީ މޭކަޕްކޮށް، ރީތި ހެދުމެއްގައި ގެން ހުރެ ނިދާފައި އޮއްވައެވެ. އެލެން ވަނީ ވަރަށް މަޑުމަޑުން ގޮސް، ސިލްކް ސޯނިކްގެ މަޝްހޫރު ލަވަ "ލީވް ދަ ޑޯ އޯޕަން" ކިޔަމުން ކްރިސްއަށް ހޭލައްވާލާފައެވެ. ލަވައިގެ އަޑަށް ކުއްލިއަކަށް ކްރިސްއަށް ހޭލެވެއެވެ.

އެލެންގެ މި ސަމާސާ ވީޑިއޯއާއެކު ކްރިސް ހޭލަނީ ސިއްސައިގެން ގޮހެވެ. އަދި ހަތަރު ފަރާތް ބެލުމަށްފަހު، އެލެން ވީޑިއޯ ކުރާކަން އެނގުމުން އޭނާ ވަނީ ހިނިގަނޑެއް ޖަހާލާފައެވެ. މި ވީޑިއޯއިން ދެތަރިންގެ މެދުގައި އޮންނަ ގާތް އަދި ސަމާސާ މިޒާޖުގެ ރަހުމަތްތެރިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް