ads
ނިކޯލް ކިޑްމަން
ނިކޯލް ކިޑްމަން 'ދަ ޔަންގް ޕީޕަލް' ގެ ކާސްޓްއަށް
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ހލީވުޑްގެ މަޝްހޫރު އެކްޓްރެސް ނިކޯލް ކިޑްމަން، އޮސްގުޑް ޕާކިންސް ކުރާ "ދަ ޔަންގް ޕީޕަލް" ފިލްމުގެ ކާސްޓާ ގުޅިއްޖެއެވެ.
Advertisement

މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓްގައި ކިޑްމަންގެ އިތުރުން ލޯލާ ޓަންގް، ނީކޯ ޕާކާ، ބްރެންޑަން ހައިންސް، ކަޝް ޖީ ، ހެދާ ގްރެހަމް، ޖޮނީ ނޮކްސްވިލް، ލެކްސީ މިނެޓްރީ، ލިލީ ކޮލިއާސް، އަދި ޓަޓިއާނާ މަސްލާނީ ފަދަ ތަރިން ހިމެނެއެވެ. މި ފިލްމުގެ ކާސްޓްގައި ހިމެނޭ ތަރިންގެ ލިސްޓުން ވެސް ފިލްމު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

މި ފިލްމުގެ ޝޫޓިން މިހާރު ވެންކޫވާގައި ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. ފިލްމުގެ ވާހަކަ ސިއްރުކޮށްފައި ވީނަމަވެސް، އޮންލައިންކޮށް ދައުރުވަމުން އަންނަ ރިޕޯޓުތައް ބުނާ ގޮތުގައި، މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ސްކޫލް ދައުރުގެ ދެ އެކުވެރިންގެ މައްޗަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ފަރާތުން ނުރައްކާތެރި އަމަލުތަކެއް ފެންނަން ފަށައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް