ads
ރައީސް މުއިއްޒު، ދަމާސްގެ ވެރިޔާ ސޯލިހަށް ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު މިއަދު އަރުވަނީ. - ފޮޓޯ: ރައީސް އޮފީސް
ނިޝާން މުލީގެ އިއްޒަތް ދަމާސް ސޯލިހަށް އަރުވައިފި
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހު (ދަމާސް ސޯލިހު) އަށް މިއަދު އަރުވައިފި އެވެ.
Advertisement

އައްޑޫ ހުޅުދު އަށް އުފަން ސޯލިހަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޑިމްސް ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެވެ.

ސޯލިހު ގައުމަށް ކުރެއްވި ބައެއް ހިދުމަތްތައް:

  • ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި

  • އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އަމިއްލަ އިސްނެންގެވުމަށް ވެސް ގިނަ މަސައްކަތްތައް ކުރެއްވި

  • މިހާރު ވެސް 4 ރިސޯޓާއި މާލޭގައި 3 ސިޓީ ހޮޓާ ހިންގަވާ

  • މިއަދު ވެސް ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކޮށް، އެ ސިނާއަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާ

  • މެޑިކާގެ ނަމުގައި މާލޭގައި ހޮސްޕިޓަލެއް ވެސް ހިންގަވާ

  • ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ގިނަ ކޮމެޓީތަކުގައި ހިދުމަތް ކުރައްވާފައިވޭ

ސޯލިހު ވަނީ ހިލޭ ސާބަހަށް ވެސް އިޖުތިމާއީ ގޮތުން މުޖުތަމައު އަށް ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުފަން ރަށް ހުޅުދޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް މިސްކިތްތައް ބިނާކުރުމެވެ.

ސޯލިހު، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ސޯލިހަށް ވަނީ އަރުވައިފަ އެވެ.

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ރާއްޖޭގައި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް