މިކަން ހިނގާފައިވަނީ، ދަރުމެންދުރާ މަރުވި ކަމުގެ ދޮގު ހަބަރުތައް މީޑިއާގައި ފެތުރުމާ ގުޅިގެން، މިނިސްޓަރު ރާޖްނާތު ސިންގް ތައުޒިޔާގެ މެސެޖެއް އާންމުކުރެއްވުމަށް ފަހު އެ މެސެޖު އަނބުރާ ގެންދެވުމުންނެވެ. ނަމަވެސް، ދަރުމެންދުރާގެ އާއިލާއިން ވަނީ އެ ހަބަރުތައް ދޮގުކޮށް، އޭނާ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.
ހެމާ އާއި ދަރުމެންދުރާ
މި ދޮގު ހަބަރުތަކާ ގުޅިގެން ދަރުމެންދުރާގެ އާއިލާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާގެ އަނބިކަނބަލުން ހެމާ މާލިނީ އާއި ދަރިފުޅު އީޝާ ދިއޯލް ވަނީ ސޯޝަލް މީޑިއާގައި، މިއީ 'ޒިންމާދާރުކަން ކުޑަ' އަމަލެއް ކަމަށް ބުނެ، މިފަދަ ހަބަރުތައް ނުފެތުރުމަށް އެދިފައެވެ. އާއިލާއިން ބުނީ އުމުރުން 89 އަހަރުގެ ދަރުމެންދުރާ، ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކަށް ބުރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ދަރުމެންދުރާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ހަބަރާ އެކު، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ އޭނާއަށް ޒިޔާރަތްކުރަމުންނެވެ. އޭގެ ތެރޭގައި ސަލްމާން ހާން، ޝާހް ރުހް ހާން އަދި ގޮވިންދާ ފަދަ މަޝްހޫރު އެކްޓަރުން ހިމެނެއެވެ.
ގައުމެއްގެ އިސްވެރިއަކަށް ވެސް މިފަދަ ދޮގު މައުލޫމާތެއްގެ ސަބަބުން އޮޅުން އެރުމަކީ، މިކަމުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެކެވެ.