މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
އެމްޓީސީސީން މިކަމާއި ގުޅިގެން ބުނީ މި މަޝްރޫއުގެ ދަށުން، 5000 އަކަފޫޓުގެ ސަރަހައްދެއްގައި 3 ބުރީގެ އިމާރާތެއް ބިނާކުރެވިގެން ދާނެ ކަމަށެވެ.
މި މަސްރޫއުއަށް 34.96 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މި އިމާރާތް 420 ދުވަސްތެރޭ ނިންމަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
1260 މީހުންގެ އާބާދީއެއް އޮންނަ ދަނގެތި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ސިއްހީ ހިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުން ކަމަށާއި ދަނގެތި ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ވަނީ ފާހަގަ ކޮށްފައި އެވެ.
މިކަމުގެ ސަބަބުން، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެއެވެ.