ads
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަމަށް ބޭނުންވެގެން: ރައީސް
ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ ކަމަށާއި ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަމަށް ބޭނުންވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށާއި އެކަން ނައްތާލަން ކުރެވޭނެ ހުރިހާ ކަމެއް ކުރަން ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވެސް ވާތީ، އެ މަގުސަދު ހާސިލްކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް ނޭދެވޭ ސިފައެއް ނަމަވެސް، ތަފާތަކީ ކޮރަޕްޝަން ނައްތާލަން އެ ގައުމަކުން ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ 

ރައީސް ވިދާޅުވީ ގިނަ ފަހަރަށް ކޮރަޕްޝަންގެ އަމަލު ހިންގަނީ، އަމިއްލަ ފައިދާއެއް ހޯދުމަށް އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެވެސް ގޮތަކުން އޮންނަ މީހުން ކަމަށެވެ. އަދި އެންމެ ދަށު ލެވަލްގެ ވަޒީފާއިން ފެށިގެން އެންމެ މަތީ ލެވަލްގެ މަގާމުތަކުގައި ތިބޭ މީހުން ވެސް ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ކަމަށް ރައީސް ވިދާޅުވި އެވެ 

"މޯލްޑިވްސް 2.0 ވެގެން ދާނީ އިރާދަކުރެއްވިއްޔާ ގަވަނެސް ނިޒާމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެންމެން އެކަން ބޭނުންވެގެން، އެކަމަށް އެއްބާރުލުންދީގެން ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދެފުށްފެންނަ އިންސާފުވެރި އަދުލުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަންގެ ބޮޑު ވަބާއިން ސަލާމަތްވެގެންކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއްވެސް ދެވޭނީ ގުޑް ގަވަރަނަންސްގެ ނިޒާމުތަކަށް ދަތުރުކޮށް، މިއީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ވެގެންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް