މިކަމާއި ގުޅިގެން ފުލުހުން ސީޢެންއެމްއަށް ބުނެފައިވަނީ ދެ ދޯނި ޖެހިގެން އެކްސިޑެންޓްވެ އެއްދޯނި އަޑިޔަށް ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:29 ހާއިރު ލިބިފައިވާ ކަމަށެެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.
ނަމަވެސް ދެ ދޯނިގެ ތެރެއިން އެއް ދޯންޔަށް ލިބުނު ގެއްްލުންތަކުގެ ސަބަބުން އަޑިޔަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އަނެއް ދޯނީގެ ޑެކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލިހުން ފާހަގަ ކުރެ އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނަ ގޮތުގައި އަޑިޔަށް ދިޔަ ދޯނީގައި ތިބި މީހުން އަނެއް ދޯންޔަށް ނަގާ ސަލާމަތް ކޮށްފައިވެ އެވެ.
ފުލުހުން ބުނީ މިކަމާއު ގުޅިގެން ތަހުގީގު ކުރަންޖެހޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.