ads
ފުވައްމުލަކުގައި ރައްޔިތުން ތަކެއް ފެން ކޭސްތަކެއް ހިފައިގެން - ފޮޓޯ/ އަލީ ޝަރީފް
ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ، މިރެއާ ހަމައަށް ހައްލުވާނެ: ހީނާ
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ފެން ލިބެން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ އިރުކޮޅެއް ކުރިން ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން ފުވައްމުލަކުގެ މުޅި ފެނުގެ ނިޒާމު ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ،" ހީނާ ލިޔުއްވާފައިވެ އެވެ.

ފެން ކަނޑާލަން ޖެހުމާއެކު، ފުވައްމުލަކުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން މިހާރު މާލެއިން ވެސް ވަނީ ފެން ކޭސް ގެންގޮސްފަ އެވެ. އެގޮތުން މިހާތަނަށް 3،800 ފެން ކޭސް ގެންގޮސް، 1،200 ފެން ކޭސް ރައްޔިތުންނަށް ދޫކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގެ މައްސަލަ ކުރިމަތިވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އަދި ފެނަކަ ކޯޕަރޭޝަނުން ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް