ads
ޖިންސީ ގޯނާ އާއި ދެކޮޅަށް އޭޕްރިލް 24 ގައި ޒުވާނުން ބޭއްވި އެއްވުން -- ފޮޓޯ: ޒިދުވަސް
މަސްތުގެ ހާލަތުގައި ދަރިފުޅަށް ޖިންސީ އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފި
މާލޭގައި މަންމައަކު މަސްތުގެ ހާލަތުގައި ހުރެގެން ކުޑަ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާދިން މައްސަލައެއް ފެންމަތިވެއްޖެ އެެވެ.
Advertisement

ފުލުހުން ބުނީ ކުޑަކުއްޖާއަށް އޭނާގެ މަންމަ ޖިންސީ އަނިޔާ ދީފައިވަނީ މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ ކަމަށާއި އެ ކުއްޖާއަށް ޖިސްމާނީގޮތުން ވެސް އަނިޔާދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެކެވެ. އެގޮތުން އެފަދަ މައްސަލަތައް އެންމެ ގިނައިން ފެންމަތިވަނީ އާއިލާގެ ތެރެއިން ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށްވާއިރު، އެފަދަ ކުށް ކުރާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް