ފުލުހުން ބުނީ އެމީހާ ހައްޔަރުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:02 ހާއިރު އެވެ. ފުލުހުންގެ އޮފީހުން ބުނީ މި މައްސަލައިގައި މިސްކިތުގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިގަނޑުތަކަށް ގެއްލުންދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 24 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް، ފަހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.