ads
ރޮކް އެންޑް ރޯލްގެ ރަން ޒަމާން ބެރީ ވެންޓްޒެލްގެ ކެމެރާގެ ތެރެއިން
ރޮކް އެންޑް ރޯލްގެ ރަން ޒަމާން ބެރީ ވެންޓްޒެލްގެ ކެމެރާގެ ތެރެއިން
މިއުޒިކީ ދުނިޔޭގެ މަޝްހޫރު ފޮޓޯގްރާފަރު، ބެރީ ވެންޓްޒެލް، 1965 އިން 1975 އަށް ނަގާފައިވާ ރޮކް އެންޑް ރޯލްގެ ތަރިންގެ ހާއްސަ ފޮޓޯތަކެއް ހިއްސާކޮށްފިއެވެ.
Advertisement

މި ފޮޓޯތަކަކީ މިއުޒިކުގެ ރަން ޒަމާންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދުވަސްވަރުގެ ތެރެއިން، ދުނިޔޭގެ އެންމެ ބޮޑެތި މިއުޒިކީ ތަރިންގެ ހަނދާންތައް އާކޮށްދޭ ތަސްވީރުތަކެކެވެ.

ވެންޓްޒެލްގެ މަސައްކަތް ފެށިގެން ދިޔައީ 1965 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ދިހަ އަހަރުގެ މުއްދަތަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި މަގުބޫލު މިއުޒިކީ ތަރިންގެ ފޮޓޯ ނެގުމުގައި ހަރަކާތްތެރިވެފައެވެ. އޭނާގެ ކެމެރާއަށް އަރާފައިވާ ތަރިންގެ ތެރޭގައި ބީޓްލްސް، ޑޭވިޑް ބޯވީ، ބޮބް ޑިލަން، އަދި ފްރެޑީ މާކިއުރީ ފަދަ ރޮކް އެންޑް ރޯލްގެ ރަސްކަލުން ހިމެނެއެވެ.

މި ފޮޓޯތަކުގެ ތެރެއިން ވެންޓްޒެލް ވަނީ އޭނާ އެންމެ ގަޔާވާ އަދި ހިތާ ގާތް ހަނދާންތަކާ ގުޅިފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. މި ތަސްވީރުތަކުން އެ ޒަމާނުގެ މިއުޒިކީ ސިނާއަތުގެ ފުރިހަމަކަމާއި، ތަރިންގެ އާންމު ދިރިއުޅުމުގެ ތެރެއިން ބައެއް މަންޒަރުތައް ފެނިގެންދެއެވެ. މިއީ ރޮކް އެންޑް ރޯލްގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއްގެ ހަނދާންތައް އާކޮށްދޭ އަގުހުރި މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް