ފިޝަރީޒް މިނިސްޓްރީން ބުނީ މި މުބާރާތަކީ މިއަހަރު ފަހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މުބާރާތެއްކަަމަށެވެ.
މިނިސްޓްރީން ބުނީ ފަރުމަސްވެރިކަމުގެ މި މުބާރާތް އޮންނާނީ އަންނަ މަހުގެ 12 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައިކަމަށެވެ. އަދި މުބާރާތަކީ ރ. އަތޮޅު ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްކަމަށާއި މުބާރާތް ކުރިޔަށްދާނީ އެދުވަހުގެ 15:00 އިން ފެށިގެން އެރޭ ރޭގަނޑު 21:00 އަށްކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މި މިބާރާތުގައި ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށްކަމަށް މިނިސްޓްރީން ބުނެއެވެ.
މުބާރާތުގެ އިނާމުތައް
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 3339225 / 3339272 އާ ގުޅުމަށްވެސް މިނިސްޓްރީން އެދެއެވެ.