ads
އިންޑިއާގެ ނިއުދިއްލީއަށް ދިން ކާރު ބޮމުގެ ހަމަލާ
އިންޑިއާ-ޕާކިސްތާން ބޯޑަރު ބަންދުކޮށް ސިފައިން ހައި އެލާޓަށް ގެނެސްފި
އިންޑިއާގެ ދިއްލީ އާއި ޕާކިސްތާނުގެ އިސްލާމްއާބާދަށް 24 ގަޑިއިރު ތެރޭގައި ދިން ދެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އިންޑިއާއިން ޕާކިސްތާނާ ގުޅޭ ބޯޑަރު ބަންދުކޮށްފިއެވެ.
Advertisement

މީގެ އިތުރުން ނިއުކްލިއާ ބާރު ލިބިފައިވާ ދެ ގައުމުން ވެސް ވަނީ އެ ގައުމުތަކުގެ ސިފައިން ހައި އެލާޓަށް ގެނެސްފައެވެ. މި ދެ ހަމަލާގައި ޖުމްލަ 20 މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އިންޑިއާގެ ފިޔަވަޅުތައް މިގޮތަށް ވަރުގަދަކޮށްފައި ވަނީ، ހޯމަ ދުވަހުގެ ހަވީރު ދިއްލީގެ ރެޑް ފޯޓު މެޓްރޯ ސްޓޭޝަން ކައިރީގައި ކާރު ބޮމެއް ގޮއްވާލުމާ ގުޅިގެންނެވެ. އާރްޑީއެކްސް ބޭނުންކޮށްގެން ދިން މި ހަމަލާގައި ދެ ސްކޫލު ކުދިންނާ އެކު ޖުމްލަ އަށް މީހުން މަރުވިއެވެ. މި ހަމަލާއަށްފަހު އިންޑިއާއިން ވަނީ ޕާކިސްތާނުގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝާ ގުޅޭ ބޯޑަރުތައް ވެސް ބަންދުކޮށް، ސަލާމަތީ ބާރުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި މިއީ ޕާކިސްތާނުން ރާވައިގެން ދިން ހަމަލާއެކެވެ.

އިންޑިއާއިން މި ފިޔަވަޅު އެޅިތާ ގިނަ އިރެއް ނުވެ، އަންގާރަ ދުވަހުގެ ހެނދުނު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޑިސްޓްރިކްޓް ކޯޓެއްގެ ކައިރިއަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވިއެވެ. މި ހަމަލާއާ އެކު ޕާކިސްތާނުން ވަނީ އެގައުމުގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ހައި އެލާޓަށް ގެނެސް، އިންޑިއާއާ ގުޅޭ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ. ދެ ގައުމުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ޓެރަރިޒަމްގެ ތުހުމަތުތައް ކުރަމުންނެވެ. މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ހަމަޖެހުން ނަގާލައި، އަސްކަރީ ކުރިމަތިލުމެއްގެ ބިރު ހީވެފައިވާ ކަމަށް ދިފާއީ މާހިރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް