އެމްއެންޑީއެފްއިން ބުނީ މި ބޯޓުން ދަތުރުކުރަމުންދިޔައީ 11 މީހުންކަމަށާއި އެއީ 5 ދިވެހިންނާއި 6 ބިދޭސީއެއްކަމަށެވެ. އަދި އޭގެތެރެއިން 10 މީހުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ސަލާމަތްކޮށްފައިވާކަމަށާއި ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަކުން ފެންނަގޮތުގައި ބޯޓުގެ ބޮޑު ބައެއް އޮތީ ފެތިފަ އެވެ.
ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އެ ސަރަހައްދުގައި މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ ބޯޓުން ގެއްލުނީ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.