ގިނަ އަދަދެއްގެ ޑްރަގާއި އެކު ރާއްޖެ ސަރަހައްދަށް ވަދެ އޮއްވާ އަތުލައިތް "އަވިޝްކާ ޕުތާ" ކިޔާ ބޯޓު މިހާރު އޮތީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި ބޯޓުގައި ތިބި ފަސްމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެެނަކީވެސް ލަންކާ ރައްޔިތުންނެވެ. މި އެންމެވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފައެވެ.
އެ ބޯޓުން ހައްޔަރުކުރި މީހުން
ލަންކާ މީޑިއާތައް ބުނާ ގޮތުން މި ބޯޓު އަނބުރާ ލަންކާއަށް ގެންދިއުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ދެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަކަމަށެވެ.
އަތުލައިގެން ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ދިވެހި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ލަންކާގެ ފުލުހުންނާއި އެ ގައުމުގެ ކަނޑުގެ ސިފައިން ވެސް ދަނީ ބައިވެރިވަމުންނެވެ.