ފުލުހުން ބުނީ މިމަހުގެ 2 ވަނަ ދުވަހު 8 ވަނަދުވަހުގެ ނިޔަލަށް އެންމެ ގިިނައިން އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ. އެދުވަހު 11 އެކްސިޑެންޓެއް ބްރިޖާއި ހައިވޭއިން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ހިސާބުތައް ދައްކައެވެ.
އެކްސިޑެންޓްގެ ހަފްތާގެ ތަފްސީލު ވަކި ވަކި ދުވަސްތައް
ފުލުހުން ބުނީ މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްގައި 2 މީހަކަށް އަނިޔާވެ ފަރުވާދޭން ޖެހުނުކަމަށް ފުލުހުން ބުނެއެވެ. އަދި 49 ވެހިކަލަކަށް ގެއްލުންވެފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގެ ތަފްސީލު
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުއެވެ. އެގޮރުން 44 އެކްސިޑެންޓް ދުވާލު ހިނގާފައިވާއިރު 13 އެކްސިޑެންޓް ހިނގާފައިވަނީ ރޭގަނޑުއެވެ.