ތުރުކީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީ-130 ހާކިއުލެސް މަރުކާގެ ޖެޓް ވެއްޓުނު ހާދިސާ ހިނގަން މެދުވެރި ސަބަބުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއް ނުކުރެ އެވެ.
ބޯޓް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކަރީ ވައިގެއުޅަނދު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާނާއި އެ ޤައުމުގެ ރައްޔިތުންނަށް އަދި ހާއްސަކޮށް އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށެވެ.
ރައީސް ވަނީ މި ހާދިސާގައި މަރުވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން ދުއާ ކުރައްވާފަ އެވެ.