ads
ކާގޯ ބޯޓް ވެއްޓެނީ
ތުރުކީގެ މިލިޓަރީ ކާގޯ ބޯޓެއް ވެއްޓިއްޖެ
20 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ތުރުކީގެ އަސްކަރީ މުދާ އުފުލާ މަތިންދާބޯޓެއް އަޒަރުބައިޖާނާއި ޖޯޖިއާ ބޯޑަރު ކައިރިއަށް ވެއްޓިފައިވާ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ބޯޓް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުން ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ފަށައިފި އެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ ސީ-130 ކާގޯ ބޯޓު އަޒަރުބައިޖާނުން ތުރުކީއަށް ދަތުރުކުރަމުން ދިޔަ ކަމަށާއި ނަމަވެސް މި ބޯޓް ވެއްޓުން ސީދާ ސަބަބެއް ޔަގީން ކަމާއި އެކު ބުނަން އަދި ނޭންގޭ ކަމުގަ އެވެ.

މިހާދިސާގައި އަނިޔާވީ ކިތައް މީހުންނައް ކަމެއް އަދި މަރުވެފައި ވަނީ ކިތައް މީހުން ކަމެއް އެ ގައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން އަދި ހާމަ ކޮށްފައި އެއް ނުވެ އެވެ.

ޖޯޖިއާގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނާގޮތުގައި މި ބޯޓް ވެއްތުމުގެ ކުރިން އެ ގައުމުގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ރާޑަރަށް އަރާފައިވީ ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ ބޯޓް ވަނީ އެ ރާޑަރުން ގެއްލިފައި ކަމުގަ އެވެ. 

އެ ބޯޓް ގެއްލުން އިރު އެއްވެސް ކަހަލަ ޑިސްޓްރެސް ކޯލެއް އަދި މެސެޖެއްވެސް ލިބިފައި ނުވާ ކަމަށް ޖޯޖިއާގެ ކަމާއި ގުޅުންހުރި އިދާރާތަކުން ބުނެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް