އެ މިނިސްޓްރީން ބުނީ މިމަހުގެ 23 އިން 27 އަށް ސިފައިން އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 17:30 އަށް، ހުޅުމާލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކަނޑުމަތީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކުގައި ބަޑި ޖަހަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މި ތަމްރީނުތަކުގައި ބަޑި ޖަހާނީ ވައިގެ ސަރަހައްދަށްކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
ވީމާ، އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.