މި މުބާރާތަކީ "އަންހެނުންގެ އޮލިމްޕިކްސް" ފަދަ ޕްލެޓްފޯމެއް ކަމަށާއި، އޭނާ މި މުބާރާތުގައި ބައިވެރިވަނީ ފަލަސްތީނުގެ ނަމުގައި ކަމަށް ނަދީން ބުންޏެވެ.
ނަދީން އަކީ ހަމައެކަނި ރީތީގެ މުބާރާތްތަކުން ފެންނަ މޫނެއް ނޫނެވެ. އޭނާ އަކީ ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމާއި އަމިއްލަ ފަށައިގަތުމަށް އެހީތެރިވެދޭ "ސައްޔިދާތު ފަލަސްތީން" ގެ ނަމުގައި ޖަމިއްޔާއެއް ހިންގާ ފަރާތެކެވެ. ނަދީން ގަބޫލުކުރާ ގޮތުގައި މިފަދަ މުބާރާތްތަކުގެ ރީތިކަމުގެ މިހާރު ވަނީ ބަދަލުވެފައެވެ.
މިހާރު ބަލަނީ ހަމައެކަނި ހަށިގަނޑުގެ ރީތިކަމަށް ނޫން ކަމަށާއި، އެމީހެއްގެ އެތެރޭގެ ރީތިކަމަށާއި މުހިންމު ކަންކަމުގައި އަޑުއުފުލާ، ވަކާލާތުކުރާ މީހެއްގެ ގޮތުގައި އަދާކުރާ ދައުރަށް ކަމަށް އޭނާ ބުންޏެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުމާ ގުޅިގެން ގައްޒާގައި ހިނގަމުންދާ ހާދިސާތަކުގެ ސަބަބުން ނަދީން ހުރީ ވަރަށް ބޮޑަށް ހިތާމަކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިން ތަހައްމަލުކުރަމުންދާ ހިތްދަތިކަން އޭނާ ފާހަގަކުރިއެވެ.
މި މުބާރާތުގެ ޒަރީއާއިން ފަލަސްތީނުގެ ސަގާފަތާއި، ފެޝަނާއި، ފަންނާއި، މިއުސިކާއި އީޖާދީ ވިސްނުންތައް ދުނިޔެއަށް ދައްކާލުމަށް އޭނާ ބޭނުންވެއެވެ.