ads
އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
"ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާއެއްނުކުރެވޭނެ"
ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ސުލްހަ އާއި ސަލާމަތާއި ދެމެހެއްޓެނިވި ތަރައްގީ ގާއިމުކުރުމަށް ޕާލިމެންޓްތަކުގެ މެދުގައިވާ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވާފަ އެވެ.

 މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މައުލޫމާތު ފެތުރުމާއި، އިގްތިސާދީ އަދި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ ކަންކަމަކީ އެއްކަމެއް އަނެއްކަމަކާ ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސުލްހަ އާއި ތަރައްގީ ގެނައުމުގައި ގާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ޓެރަރިޒަމް، ކަނޑުގެ އަމާންކަން ނެތުން، އަދި ސައިބަ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލެއްވި އެވެ.

 ސާކް އަދި އޯއައިސީ ފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ޕާލިމެންޓަރީ ޑިޕްލޮމެސީ އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލާ އިސްލާމްއާބާދު ޑެކްލެރޭޝަނަށް ރާއްޖޭގެ މަޖިލީހުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް