ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
މިއީ ވަރަށް ކަޓު ބަޖެޓެއް: މީކާއިލް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ "ވަރަށް ކަޓު ރައީސެއްގެ ވަރަށް ކަޓު ބަޖެޓެއް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ ބަޖެޓަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ މި ބަޖެޓަކީ އިސްރާފު ބޮޑުވެ، ހަރަދު އިތުރުވެ، އަދި ނާޖާއިޒް މަންފާތަކެއް ހޯދުމަށް ފާސްކުރަން އުޅޭ ބަޖެޓެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ، ފިސްކަލް ޒިންމާގެ ގާނޫނާ ހިލާފަށް، ފިސްކަލް ސްޓްރެޓެޖީއެއް އާންމު ނުކޮށް މި ބަޖެޓު ހުށަހަޅާފައިވާ ކަމަށެވެ. މިއީ ގާނޫނުގެ އެންމެ މައި އަސާސާ ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ބަޖެޓުގެ ތެރެއިން ފެންނަނީ ވާދަވެރިކަމެއް ނެތި، ބީލަމަށް ހުޅުވާނުލައި މަޝްރޫއުތައް ބަހައިލުމުގެ ލާމަސީލު މިސާލެއް ކަމަށާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ކޮރަޕްޝަން އެންމެ އާންމީ ދަށް ފަންތީގެ މުވައްޒަފުންގެ މެދުގައި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުން ސާފުވަނީ ކޮރަޕްޝަން ހިންގަން އުޅެނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ކޮރަޕްޝަން ހިންގަން ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ހުށަހަޅާފައެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް