ads
ބާޒީގަރު
ބާޒީގަރަށް 32 އަހަރު: ފިލްމުގެ ފޯރި އަދިވެސް ނުކެނޑޭ
ބޮލީވުޑްގެ ތްރިލާ ފިމުތަކަށް އާ އަށް 32 އަހަރު ފުރުމާ ގުޅިގެން ފިލްމުގެ ހަނދާންތައް އާވެއްޖެއެވެ.
Advertisement

މި ފިލްމު ވެގެން ދިޔައީ ޒުވާން އެކްޓްރެސް ކާޖަލްގެ ހުނަރުވެރިކަން ދައްކުވައިދިން އަދި އޭނާގެ ކެރިއަރު ބައްޓަންކޮށްދިން މުހިންމު ފިލްމަކަށެވެ.

އުމުރުން އެންމެ 18 އަހަރުގައި ކާޖަލް މި ފިލްމުގައި ދެއްކި ހުނަރުވެރިކަމާއި އޭނާގެ ފަރިތަކަމުން ގިނަ ބައެއްގެ ހިތްތައް ވަނީ ދަމާގަނެފައެވެ. ބާޒީގަރް އަކީ ހަމައެކަނި ކާޖަލްގެ ކެރިއަރުގެ ބިންގާ އެޅި ފިލްމެއް ނޫނެވެ. އެއީ އިންޑިއާ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ކާޖަލް އާއި ޝާހްރުކް ހާންގެ ގުޅުން ފެށިގެން އައި ފިލްމުވެސްމެއެވެ.

ބާޒީގަރް އަކީ ކާޖޮލްގެ ހުނަރުވެރި އެކްޓިން އާއި ޝާހްރުކް ހާންއާ އޮތް ކެމިސްޓްރީގެ ސަބަބުން މިއަދާ ހަމައަށް ވެސް ގިނަ ބަޔަކު ބަލަމުން އަންނަ ފިލްމެކެވެ. ފިލްމު ރިލީޒްކުރިތާ 32 އަހަރު ވެގެން ދިޔައިރުވެސް، އޭގެ އަސަރާއި ފޯރި އަދިވެސް ބެލުންތެރިންގެ މެދުގައި ދެމިއޮތްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް