ފަހަކަށް އައިސް ގިނަ އަދަދެއްގެ ސެލެބްރިޓީން ބަނގުރާ ވިޔަފާރީގެ ދާއިރާއަށް ވަންނަމުން އަންނައިރު ރަންވީރު މިވަނީ އެތަރިންގެ ލިސްޓަށް އިތުރުވެފަ އެވެ.
ރަންވީރު ތައާރަފުކޮށްފައިވާ އާ ބްރޭންޑަކީ "ރަންގީލާ" ވޮޑްކާ އެވެ. މިއީ އޭބީޑީގެ ލަގްޒަރީ ބައި ކަމަށްވާ އޭބީޑީ މެއިސްޓްރޯ ޕްރައިވެޓް ލިމިޓެޑްގެ ދަށުން އުފައްދާފައިވާ ބްރޭންޑެކެވެ. ރަންވީރު ސިންގް އަކީ މި ބްރޭންޑްގެ ކޯ-ފައުންޑަރު އަދި ކްރިއޭޓިވް ޕާޓްނަރެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ތިން ފަހަރު މަތިން ދިޔާކޮށްފައިވާ އަދި ޕްލެޓިނަމް ޗިލް-ފިލްޓާކޮށްފައިވާ ވޮޑްކާ އެކެވެ.
މި ބްރޭންޑް މިހާރު ވަނީ އިންޑިއާގެ މަހާރާޝްތްރާގެ ބާޒާރަށް ނެރެފަ އެވެ. "ރަންގީލާ" ވޮޑްކާގެ 750 އެމްއެލްގެ އެއް 2,400 ރުޕީސްއަށް ވިއްކަމުން އަންނައިރު ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ހުރިހާ ސްޓޭޓްތަކަށްވެސް މި ބްރޭންޑް ތައާރަފުކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.