ads
އެކްސިޑެންޓެއްވެފައިވާ ސަރަހައްދެއް
މާލޭގެ މަގުތަކުގެ ނުރައްކާތެރިކަން އިތުރުވަނީ: ހަފްތާއަކު 50 އަށްވުރެ ގިނަ އެކްސިޑެންޓް
މާލޭގެ މަގުތަކަކީ ދުއްވާ އުޅަނދުތަކަށް ނުރައްކާތެރިކަން އިތުރުވެފައިވާކަން ފުލުހުންގެ އާ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
Advertisement

އެންމެ ހަފްތާއެއްގެ ތެރޭގައި މާލެ، ސިނަމާލެ ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި 50 އަށްވުރެ ގިނަ ޓްރެފިކް އެކްސިޑެންޓް ހިނގާފައިވެ އެވެ. ފުލުހުން ބުނީ މި މަހުގެ 2 އިން 8 އަށް ޖުމްލަ 57 އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

މި 57 އެކްސިޑެންޓުގެ ތެރެއިން 49 އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ އެކި މަގުތަކުގަ އެވެ. ބާކީ 8 އެކްސިޑެންޓް ހިނގީ ސިނަމާލެ ބްރިޖާއި ހައިވޭ މަތީގަ އެވެ. ފުލުހުން ބުނި ގޮތުގައި މީގެތެރެއިން ގިނައީ ކުދި ހާދިސާތަކެވެ. އޭގެތެރޭގައި ކާރަކާއި ސައިކަލެއް ޖެހުން ނުވަތަ ދެ ސައިކަލު ޖެހުން ފަދަ އެކްސިޑެންޓްތައް ހިމެނެ އެވެ. މި ހާދިސާތަކުގައި 49 އުޅަނދަށް ގެއްލުންވެ، ދެ މީހަކަށް އަނިޔާވި އެވެ.

"މި އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ބާރުބޮޑު ވަގުތުތަކުގަ،" -ފުލުހުން-

އެގޮތުން 44 އެކްސިޑެންޓް ދުވާލު ހިނގިއިރު، ރޭގަނޑު ހިނގާފައިވަނީ އެންމެ 13 އެކްސިޑެންޓެވެ. މި އަދަދުތަކުން ދައްކުވައިދެނީ މާލޭގެ މަގުތަކުގެ ބާރުބޮޑުކަމާއި، ދުއްވާއިރު އަމިއްލަ ސަލާމަތަށް އިތުރަށް ސަމާލުވާން ޖެހޭކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް