ads
ޑރ. ރުބީނާ ޝަހީން
ޓެރަރިސްޓް ހަމަލާގެ މުގުލުގައި އަންހެން ޑޮކްޓަރެއް: ބޮމުގެ ކޯޑަކީ "ބިރިޔާނި"
އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ބޮޑު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވާލައިފިއެވެ.
Advertisement

މި ހަމަލާގެ މުގުލުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވެނީ އުމުރުން 38 އަހަރުގެ އަންހެން ޑޮކްޓަރެއް ކަމަށާއި، ގޮވާތަކެތީގެ ކޯޑުބަހެއްގެ ގޮތުގައި "ބިރިޔާނީ" ބޭނުންކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. 

މި ހަމަލާގެ އަމާޒަކީ ބޮޑު އީދު ދުވަހު ބާއްވާ ބޮޑު ޖަމާއަތެއް ކަމަށް ތަހުގީގު އިދާރާތަކުން ބުނެއެވެ.

މި ރޭވުން ފަޅާއެރީ، މައްސަލައިގެ މައި މީހާ ކަމަށް ބެލެވޭ ހައިދަރުއާބާދަށް ނިސްބަތްވާ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ރުބީނާ ޝަހީން ފޮނުވި ކޯޑު މެސެޖަކާ ގުޅިގެންނެވެ. އޭނާ ފޮނުވާފައިވާ "ފީސްޓަށް ބިރިޔާނީ ތައްޔާރު" މި މެސެޖުގެ މާނައަކީ ބޮން ގޮއްވާލަން ތައްޔާރުވެފައިވާ ކަމެވެ. މި މެސެޖާ ގުޅިގެން ގިނަ ސިޓީތަކެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު ގަޑިއިރުގެ ތެރޭގައި ޑރ. ޝަހީން އާއި އޭނާގެ ތިން ބައިވެރިން ހައިދަރުއާބާދު، މުމްބާއީ އަދި ބެންގަލޫރުން ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރުކުރިއިރު ޕްރެޝަރު ކުކަރުތަކެއްގައި ފޮރުވާފައި ހުރި 12 ކިލޯގެ ގޮވާތަކެއްޗާއި ޑެޓޮނޭޓަރު އަދި ޓައިމަރު ފެނިފައިވެއެވެ.

އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނީ، ޑރ. ޝަހީން އޭނާގެ މަގާމުގެ ބޭނުންކޮށްގެން ލެބޯޓްރީއަށް ސާމާނު ގަންނަ ކަމަށް ބުނެ ބޮން ހެދުމަށް ބޭނުންވާ ކެމިކަލްތައް ހޯދާފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ހާއްސަ ކޯޓަކަށް ފޮނުވާފައިވާއިރު، އެމީހުންގެ މައްޗަށް ޓެރަރިޒަމް ހުއްޓުވުމާއި ގޮވާތަކެތި ބޭނުންކުރުމާ ގުޅޭ ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ. އޮފިޝަލުން ބުނީ ކާބޯތަކެތީގެ ނަންތައް ކޯޑުބަހެއްގެ ގޮތުގައި ބޭނުންކުރުމަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ މެދުގައި މިހާރު އާންމުވަމުން އަންނަ ކަމެއް ކަމަށާއި، ޑިޖިޓަލް ސަވައިލެންސްގެ ސަބަބުން ބޮޑު ކާރިސާއަކުން ގައުމު ސަލާމަތްވި ކަމަށެވެ.


"

42%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް