ގުޅި ބިން ހިއްކާ ނިންމުން ފާހަގަކުރަން އެރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށް ގެނދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ބިން ހިއްކުމުގެ އަމަލީ މަދސައްކަތް ފެށުނީ މި އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
ގުޅީ ބިް ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާފައި މިވަނީ 630 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން ކ. ގުޅިއަށް 10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. މީގެއިތުރުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖަހާ ވަނީ ނިންމާފައެވެ.
ގުޅީ ބަނދަރު ހަދަން ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ބިން ހިއްކާ ނިންމުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކ. ގުޅި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮިއކޮށްފައެވެ. އެ މަސައްކަތްވެސް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓްޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ އެވެ.
530 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ބަނދަރު އަދި ނެރު ފުންކުރުމާއި ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ވެސް ހިމެނޭ ގޮތަށެވެ.