ރައީސް މިހެން ވިދާޅުވީ ކ. ގުޅީ ބިން ހިއްކުން ނިންމާ އެކަން ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުނު ގޮތަށް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިހާރު ތަރައްޤީގެ މަޝްރޫއުތައް ފެށިގެން ކުރިއަށް ދާނެކަމަށެވެ. އެގޮތުން ރައްޔިތުން އެދޭކަންކަން ސަރުކާރުން ކޮށްދެމުން އަންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގުޅީގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް ދާދީ ފަހުން ސަރުކާރުން ވަނީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމީ ދާއިރާގެ މަޝްރޫއުތަކާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކުގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައްވެސް ހިމެނެއެވެ.