ads
ސުނީތާ އަބްދުﷲ
ސިވިލް ސާވަންޓުންގެ ޕޭ ފްރޭމް ވޯކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއްޖެ: ސުނީތާ
ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި އާ ޕޭ ފްރޭމްވޯކަކީ، މުވައްޒަފުންގެ މާލީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮށުނު އާ މަގެއް ކަމަށް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ޑިރެކްޓާ ޖެނެރަލް ސުނީތާ އަބްދުالله ވިދާޅުވެއްޖެއެވެ.
Advertisement

މި ފްރޭމް ވޯކަކީ ސިވިލް ސާވަންޓުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، އެ މީހުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސުނީތާ ވިދާޅުވީ، ސިވިލް ސާވިސްގެ ޕޭ ފްރޭމްވޯކަށް ގެނެވުނު ބަދަލުތަކަކީ ތާރީހީ އަދި އިންގިލާބީ ބަދަލެއް ކަމަށެވެ. "ޒަމާނާއި އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުވައްޒަފުންގެ ތައުލީމީ ސަނަދުތަކާއި ތަޖުރިބާއަށް ބިނާކޮށް ފަރުމާކުރެވިފައިވާ މި އޮނިގަނޑުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް މުރާޖައާ ކުރެވިފައިވާ މެޓްރިކްސްތަކަށް ބަދަލުކުރެވިފައިވާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ސުނީތާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ކުރުމަށް "ދިވެހިރާއްޖެ 2.0" ގެ ދަށުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސުނީތާ ވިދާޅުވިއެވެ.

އޭނާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއް ނެތި ސިވިލް ސާވަންޓުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިވިލް ސާވަންޓުންގެ ކުރިއެރުމަށާއި ގައުމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވެސް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް