މި ދެމީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފު އޮޕަރޭޝަނެއް ހިންގަމުންދަނިކޮށް ކަމަށް އެގައުމުގެ ފުލުހުން ބުންޏެވެ.
މި ދެމީހުން ހިންގަމުން ދިޔަ ގަވާއިދާ ހިލާފު ވިޔަފާރީގައި ކިއުއާރު ކޯޑު ސްޓިކާތައް ވިއްކަމުން ދިޔައިރު، މި ސްޓިކާތައް މެދުވެރިކޮށް ގަވާއިދާ ހިލާފު ތަކެތި ވިއްކަމުން ދިޔަކަން ވަނީ ހާމަވެފައެވެ.
އިނގިރޭސިވިލާތުގެ ރައްޔިތަކާއި ތައިލެންޑުގެ ރައްޔިތަކު ހިންގަމުން ދިޔަ މި ގަވާއިދާ ހިލާފު ވިޔަފާރީގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ދެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.