ads
ރޭޕްގެ ދައުވާ އުފުލާފައިވާ 10 އަހަރުގެ ކުއްޖާ
5 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި 10 އަހަރު ކުއްޖަކަށް
އެމެރިކާގެ އޮހައިއޯގެ ކްލީވްލެންޑްގައި، އުމުރުން ފަސް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި 10 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
Advertisement

މި ހާދިސާއަކީ ކުޑަކުދިން ހިމެނޭ ވަރަށް ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި އެގައުމުގެ މީޑިއާއިން ސިފަކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އަނިޔާ ލިބުނު ކުއްޖާ ފެނިފައިވަނީ ހެދުމެއް ނެތި އެއްލާލާފައި އޮއްވައެވެ. އަދި ހަތިޔާރެއް ބޭނުންކޮށްގެން އެކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މި މައްސަލައިގައި 9 އަހަރުގެ ފިރިހެން ކުއްޖަކަށްވެސް ތުހުމަތު ކުރެއެވެ.

މި މައްސަލައާ ގުޅިގެން 10 އަހަރުގެ އަންހެން ކުއްޖާ ވަނީ ކުޑަކުދިންގެ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އެ ކުއްޖާ އިލެކްޓްރޯނިކް މޮނިޓަރަކާއެކު ގޭގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިއީ ކުޑަކުދިންތަކެއް ހިމެނޭ ވަރަށް ސީރިއަސް މައްސަލައެއް ކަމުން، ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް