ads
އޮޕަރޭޝަން އަލިމަގު" އަތުލައިގެން ބައެއް ފައިސާ
" އޮޕަރޭޝަން އަލިމަގު": ހަންހަމުގައި ޑްރަގު، ގިނަ އަދަދެއްގައި ފައިސާ
މިހާރު ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މިހާތަނަށް 90 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ފައިސާއާއި ޑްރަގު ހޯދައިފިއެވެ.
Advertisement

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި އެވެ.  އެ ގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. 

އެއްވަގުތެއްގައިރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން މި އޮޕަރޭޝަންގެ ތެރެއިން ބަލާ ފާސްކުރެވޭނެ ކަމަށާއި  މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ފެށީ މިއަދު ފަތިހު 5:30 ގައި ކަމަށާއި މި އޮޕަރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގާ ބޮޑު އޮޕަރޭޝަނެއްކަމަށެވެ. 

your image"އޮޕަރޭޝަން އަލިމަގު" އަތުލައިގެން ބައެއް މަސްތުވާތަކެތި

އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ އުތުރުގެ ހަނިމާދޫންނާއި، ދެކުނުގެ އައްޑޫ ސިޓީ ހިތަދޫން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ. މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމުން، ކުރިއަށް އޮތްތަނުގައި އިތުރު މީހުން ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް