ads
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް
ޕީއެންސީ ޖަލްސާއާ ދިމާކޮށް، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އައްޑޫއަށް ޗާޓަރުކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ، ގަމަށް ދަތުރެއް ކޮށްފި އެވެ.
Advertisement

އައިލެންޑް އޭވިއޭޝަނުން ބުނީ މިއީ އަމިއްލަ ފަރާތަކުން ޗާޓަރުކޮށްގެން ކުރި ދަތުރެއްކަމަށެވެ.

މި ދަތުރު ކުރިއަށް ގެންގޮސްފައިވަނީ، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން މާލޭގައި ބާއްވާ ބޮޑު ޖަލްސާއަކަށް އަތޮޅުތަކުން މީހުން އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އައްޑޫއަށް ޗާޓަރު ކުރީ މިރޭ ޖަލްސާއަށް އައްޑޫން މީހުން ގެނައުމަށެވެ.

މިއީ މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކަށް ހާއްސަ މި ބޯޓު އެތެރޭގެ އުދުހުމެއްގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ބޮޑެތި ބޯޓުފަހަރު ބޭނުންކުރުމަކީ މޯލްޑިވިއަން އިން ކުރިން ވެސް ކުރާ ކަމެއްކަމަށް އެކުންފުނިން ބުނެއެވެ. 

މި ބޯޓު މާލެއިން ގަމަށް ގޮސްފައިވަނީ މިއަދު ހެނދުނު 9:36 ގަ އެވެ. އަދި ގަމުން އެނބުރި މާލެ އައިސްފައިވަނީ މެންދުރުފަހު 12:49 ގަ އެވެ.

މޯލްޑިވިއަންގެ ބޮޑު ބޯޓު ގަމަށް ދަތުރުކޮށްފައިވާއިރު، ޕީއެންސީން މާދަމާ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ރަށްރަށުން މާލެ ދަތުރު ކުރަމުންނެވެ. 



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް