ads
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ހޮލީވުޑް ދޫކޮށް އެނބުރި ބޮލީވުޑަށް؟
އިންޓަނޭޝަނަލް ފިލްމީ މަސައްކަތްތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާ، އަނެއްކާވެސް ބޮލީވުޑަށް އެނބުރި އައިސްފިއެވެ.
Advertisement

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމައުލީގެ އާ ފިލްމު "ގްލޯބްޓްރޮޓާ" އިން ފެނިގެންދާނެކަން ހާމަކޮށް، ޕްރިޔަންކާ ވަނީ މި ފިލްމަކީ "އިންޑިއާގެ ސިނަމާއަށް އަންނަ އާ ޒަމާނެއް" ކަމަށް ސިފަކޮށްފައެވެ.

ޕްރިޔަންކާ މި ފިލްމުން ފެނިގެންދާނީ "މަންދާކިނީ" ގެ ރޯލުންނެވެ. މި ފިލްމުގެ ފުރަތަމަ މަންޒަރު ދާދިފަހުން އާންމުކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންގެ ފަރާތުން ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ. ޕްރިޔަންކާ ފަހަކަށް އައިސް ހޮލީވުޑްގެ ފިލްމުތަކާއި މޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނައިރު، މި ފިލްމާއެކު އޭނާ ބޮލީވުޑަށް އެނބުރި އައުމަކީ އޭނާގެ ކެރިއަރަށް އަންނާނެ މުހިންމު ބަދަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް  އަކަށް ވުމަށްފަހު ހޮލީވުޑަށް ގޮސް އެތައް ކާމިޔާބީއެއް ހޯދާފައިވާ ޕްރިޔަންކާ، ރާޖަމައުލީ ފަދަ ކުޅަދާނަ ޑައިރެކްޓަރަކާއެކު ބޮލީވުޑަށް އެނބުރި އައުމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް