ads
ކާޖަލް
ކައިވެނީގެ މުއްދަތު ހަމަވާ ތާރީހެއް އޮންނަންޖެހޭ: ކާޖަލް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ބުނީ ކައިވެންޏަކީ މުއްދަތެއް ކަނޑައެޅިފައި އޮންނަ ނުވަތަ އާ ކުރެވޭ ގޮތަށް އޮންނަ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.
Advertisement

މި ވާހަކަ އާންމުވުމާ އެކު، ބޮލީވުޑްގެ ތަރިންގެ މެދުގަ އާއި ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ.

ކާޖޮލް މިހެން ބުނީ މި ޒަމާނުގެ ގުޅުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ދެކޭ ގޮތުގައި، ކައިވެންޏަށް "އެކްސްޕަޔަރީ ޑޭޓެއް" ނުވަތަ "ރިނިއުވަލް އޮޕްޝަން" އެއް އޮތުމަކީ، ދެމަފިރިންނަށް އެމީހުންގެ ގުޅުމާ މެދު އަލުން ވިސްނާލުމަށް ލިބޭނެ ފުރުސަތެކެވެ. މިއީ ދިގު މުއްދަތުގެ ގުޅުންތަކާ މެދު މީހުން ދެކޭ ގޮތް ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި މުހިންމު ވިސްނުމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ކާޖޮލްގެ މި ހިޔާލުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން އޭނާގެ ވާހަކަތަކަށް ތާއީދުކުރާއިރު، އަނެއް ބަޔަކު ދެކެނީ ކައިވެންޏަކީ މުގައްދަސް ގުޅުމެއް ކަމަށާއި އެއަށް މުއްދަތެއް ކަނޑައެޅުމަކީ އެ ގުޅުމުގެ އަގު ވައްޓާލުން ކަމަށެވެ. 

މި ބަހުސްތަކުގެ ސަބަބުން ބޮލީވުޑްގެ ތަރިންގެ މެދުގައި ވެސް މި މައުލޫއަށް އާންމުކޮށް ވާހަކަ ދެކެވެން ފަށާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް