ads
ޓްރެވިސް ކެލްސީ އަދި ޓޮމް ކްރޫޒް: ފޮޓޯ ޓައިމްސް އޮފް އިންޑިއާ
ޓޮމް ކްރޫޒްގެ މަސައްކަތުގެ އަހުލާގު ޓްރެވިސް ކެލްސީއަށް ކަމުގޮސްފި
އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީ, ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ މަސައްކަތުގެ އަހުލާގާއި ހުނަރަށް ތައުރީފުކޮށްފިއެވެ.
Advertisement

ޓްރެވިސް ބުނީ, ޓޮމް ކްރޫޒް އަކީ ވަރަށް ފޯކަސްކޮށް މަސައްކަތުގައި އުޅޭ ފަންނާނެއް ކަމަށެވެ.

ޕޮޑްކާސްޓް އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޓްރެވިސް ބުނީ, ޓޭލާ ސްވިފްޓްގެ "އިރާސް ޓުއާ" ގެ ޝޯވއެއްގެ ތެރެއިން ޓޮމް ކްރޫޒް އާ ބައްދަލުވި ކަމަށާއި, އޭނާގެ ފަރާތުން ފެނުނު ހުނަރާއި, މަސައްކަތަށް ހުންނަ ފޯކަސް އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ. "މިޝަން: އިމްޕޮސިބަލް" ފަދަ ފިލްމުތަކުގައި އަމިއްލައަށް ނުރައްކާތެރި ސްޓަންޓްތައް ހަދާ ޓޮމް ކްރޫޒް އަކީ ކުޅިވަރުގެ ދުނިޔޭގައި ނަމަވެސް އެފަދަ ކަންކަން ކުރުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރާނެ މީހެއްކަމަށް ޓްރެވިސް ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް