އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 13:00 ހާއިރުކަމަށް އެމްއެްޑީއެފުން ބުނެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވުމުން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ
ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ފަރުކޮޅުފުށީގައި ހުންނަ އިމާރާތްތަކުގައި އުޅެމުން އަންނަނީ ހުޅުމާލެ ފޭސް ދޭގެ އެކި މަސައްކަތްތަކުގައި އުޅޭ ބިދޭސީންނެވެ. ކުރިން ގެސްޓު ރީމްތަކުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އާދެއެވެ.