ads
ފުވައްމުލަކުގައި ފެން ކެނޑުމާ ގުޅިގެން މިއަދު ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ އައްޑޫ އެއްކްސް ފައިލްސް
ސަރުކާރުން ބުނީ ފެން ރައްކާތެރިކަމަށް، އެކަމަކު ކައުންސިލުން ޗެކްކުރަނީ
ފުވައްމުލަކުގެ ފެނުގެ ހިދުމަތް މެދުކެނޑުމަށްފަހު މިހާރު އަލުން ދޫކޮށްފައިވާ ފެން ރައްކާތެރިކަމަށް ސަރުކާރުން ބުނިނަމަވެސް ސިޓީ ކައުންސިލުން ފެނުގެ ސާމްޕަލް ނަގާ ޗެކުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ފެން ތަގައްޔަރުވެގެން  މިދިޔަ ހޯމަދުވަހުން ފެށިގެން ފުވައްމުލަކު ސިޓީން ފެނިގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ފެން ލިބެން ފެށީ އިއްޔެއެވެ. އެހެންނަމަވެސް ފެނުގެ ރައްކާތެރިކަމާއި މެދު އެ ސިޓީގެ ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ. 

އެކަމާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާކަމަށެވެ. މި ތަހުލީލުތަކުން ނަތިޖާ ދައްކާގޮތުން މި ފެނަކީ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެެނެއްކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލް ބުނީ ފެނުގެ ރައްކާތެރިކަމާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދިފައިވާތީ ފެނުގެ ސައްހަކަން ކަށަވަރުކުރުމަށް ކައުންސިލުން އަމިއްލައަށް ފެނުގެ ސާމްޕަލް ނަގާ ތަހުލީލުކުރަން ނިންމާފައިވާކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު އޮފީސް ހުޅުވުމުން އެކަން ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. 

ފުވައްމުލަކު ސިޓީން ފެން ކެނޑުމުން މާލެއިންވެސް އެ ސިޓީއަށް ބޯފެން ވަނީ ގެންގޮސްފައެވެ. އަދި ފެެން ކެނޑި ފެން ލިބުމުން ލަސްވުމުން އެ ސީޓިގެ ރައްޔިތުންވަނީ އިހްތިޖާޖުވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް