މި ލުޔާއެކު، ގާނޫނީ އެއްވެސް ފިޔަވަޅަކާ ކުރިމަތިނުވެ، އެމީހުންގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެ އެވެ.
ސައުދީ ސަރުކާރުން ބުނި ގޮތުގައި، ގަވާއިދާ ހިލާފުވެފައިވާ މަސައްކަތްތެރިންނަށް "މުސާނަދު" ޕްލެޓްފޯމް މެދުވެރިކޮށް އެމީހުންގެ ލިޔެކިޔުންތައް ހަމަޖެއްސުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މުއްދަތު އިތުރުކުރުމުގެ ބޭނުމަކީ، ގިނަ ބަޔަކަށް މި ފުރުސަތު ބޭނުންކޮށްގެން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ބާރުއެޅުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.
މި ނިންމުމަކީ ސައުދީގެ މަސައްކަތުގެ މާހައުލަށް ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ގޭތެރޭގެ މަސައްކަތްތެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ގަވާއިދުތަކުގެ ތެރެއިން ހަރުދަނާކުރުމެވެ.