ads
ކިމް ކާޑޭޝިއަން
ފާލު ބަލާ މީހުންނަށް ދެން އިތުބާރެއް ނުކުރާނަން: ކިމް ކާޑޭޝިއަން
އެމެރިކާގެ މަޝްހޫރު ފަންނާނު އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން، އޭނާގެ ލޯބީގެ ހަޔާތާ ގުޅޭގޮތުން ފާލުބަލާ މީހަކު ދިން ލަފައެއް ދޮގުވުމާ ގުޅިގެން އެފަދަ ކަންކަމަށް ދެން އިތުބާރު ނުކުރާނެ ކަމަށް ބުނެފިއެވެ.
Advertisement

ކިމް މިހެން ބުނީ، އޭނާގެ ކުރިއަށް އޮތް ލޯބީގެ ހަޔާތާ ގުޅޭގޮތުން ލިބުނު ފާލެއް ފެނަށް ދިއުމުންނެވެ.

ކުރިން ކިމް ވަނީ އޭނާގެ ދިރިއުޅުމުގައި ދެން ބައްދަލުވާނެ ލޯބިވެރިޔަކާ ބެހޭގޮތުން ފާލުބަލާ މީހެއްގެ ކައިރިން ލަފާ ހޯދާފައެވެ. އެމީހާ ބުނެފައި ވަނީ ކިމްއަށް އެފަދަ މީހަކާ ބައްދަލުވާނެ ކަމަށާއި، އެމީހާގެ ކިބައިގައި ވަކި ހާއްސަ ސިފަތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް، އެމީހާ ބުނިފަދަ ގޮތެއް ނުވެ، އެ ލަފާ ވަނީ ދޮގުވެފައެވެ.

މިކަމާ ގުޅިގެން ކިމް ކާޑޭޝިއަން ވަނީ ދެން އެފަދަ ފާލުބެލުންތަކަށާއި ކްރިސްޓަލް ބޯޅަތަކަށް އިތުބާރު ނުކުރާނެކަން ހާމަކޮށްފައެވެ. މި ހާދިސާއާއެކު، އޭނާގެ ލޯބީގެ ހަޔާތުގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމަށް އޭނާ ވަނީ ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް