ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވަމުން އަންނަ ބޮޑު ޖަލްސާގައި މަހްލޫފް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެން، އެކަމުގެ އިގްރާރު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކޮށްދެއްވައިފަ އެވެ.
މަހުލޫފު ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. އޭނާ އެހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުން ގޯސްވި ހިސާބުންނެވެ.
މަހްލޫފްގެ އިތުރުން ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފާއި އިތުރު ބަޔަކު ވެސް ވަނީ އެ ޕާޓީއާ ގުޅިފަ އެވެ.