ފުލުހުން ބުނި ގޮތުގަިއ ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ) އެވެ.
ޝަރީފް ހޯދަމުންދަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 ނޮވެމްބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.