ދިރާގުން ބުނި ގޮތުގައި މިއަހަރުގެ ރޯޑް ރޭސް އިން ވަނަތަކަށް ދިޔަ ފަރާތްތަކަށް ޖުމުލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ދީފައިވާ ކަމުގަ އެވެ.
21.1 ކޭ ކެޓަގަރީގެ ޗެމްޕިއަނަށް 25,000ރ. ގެ ފައިސާގެ އިނާމު ދިން އިރު، ރަނަރަޕަށް ދިނީ 15,000ރ. އެވެ.
އަދި ސެކަންޑް ރަނަރަޕަށް 10,000ރ. ގެ އިނާމު ދިނެވެ.
އޭގެ އިތުރުން 5ކޭ އާއި 10ކޭ އޯޕަން އަދި 5ކޭ ކޯޕަރޭޓް ކެޓަގަރީތަކުގެ ޗެމްޕިއަނުންނަށް 10,000ރ. ރަނަރަޕަށް 8,000ރ. އަދި ސެކަންޑް ރަނަރަޕަށް 6,000ރ. ގެ ފައިސާގެ އިނާމު ވެސް ހަވާލުކުރި އެވެ.
އެ ދުވުމުގެ 5ކޭ ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނާ ވަނީ ހާއްސަ ގިފްޓް ވައުޗަރު ވެސް ހަވާލުކޮށްފަ އެވެ.
އެއީ ޗެމްޕިއަނުންނަށް 5,000ރ. ރަނަރަޕަށް 3,000ރ. އަދި ސެކަންޑް ރަނަރަޕަށް 1,000ރ. ގެ ވައުޗަރުތަކެވެ.
ދިރާގުން ވަނީ 21.1ކޭ އަދި 10ކޭ ކެޓަގަރީތަކުގައި އުމުރުން 45-50 އަހަރާ ދެމެދު، އުމުރުން 51-55 އަހަރާ ދެމެދު، އުމުރުން 56-60 އަހަރާ ދެމެދު އަދި 61-65 އަހަރާ ދެމެދުގެ އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިވަނަ އަށް ހޮވުނު މީހުންގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓެއް ހަވާލުކޮށްފަ އެވެ.
ރޯޑް ރޭހުން އެންޑޯސް ކުރި އަމިއްލަ ޖަމިއްޔާތަކަށް ވެސް ބުރާސްފަތި ދުވަހުގެ ހަފުލާގައި 678،800ރ. ހަދިޔާކުރި އެވެ.
އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް 200،000ރ. ގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅައިފަ އެވެ.
އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެންޖީއޯއާ ހަވާލުކޮށްފަ އެވެ.