މި އެކްސްޕޯ ކުރިޔަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާއި ހަމަޔަށެވެ.
އާންމުންނަށް ބައިވެރިވެވޭ މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތު، އައިވީއެފް، އެމަޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަސް ދާއިރާއަކުން މައުލޫމާތު ދޭނެ އެވެ. އެ ގޮތުން ޑައެޓް އަދި ނިއުޓްރިޝަން އައިވީއެފް އަދި ރީޕްރޮޑަކްޓިވް ހެލްތު ޑެންޓަލް ހެލްތުގެ އިތުުރުން ފެމިލީ މެޑިސިން އަދި އެމެޖެންސީ ހާލަތުގައި ފަރުވާތައް ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު ހިއްސާކުރުންވޭނެ ކަމަށް އެ ހޮސްޕިޓަލްއިން މައުލޫމާތުދެ އެެވެ.
މި އެކްސްޕޯގެ މަގުސަދަކީ ދިވެހިންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ހިދުމަތްތައް ތައާރަފުކޮށްދިނުމެވެ.